Close

އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން

އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި އޮންނަކަމެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ‏އިސްލާމް ދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ޚިތާން ކުރުމެއް ނޯންނަ ކަމަށެވެ. އަދި މިކަން މިގޮތަށް ކުރުންމީ އިސްލާމީ ނާތަހުޒީބީ ޢަމަލެއްގޮތުގައި އެމަނިކުފާނު ގެ  ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ‏އަންހެން ކުދިން ހިތާނު ކުރުމާ މެދު ދެންނެވި ވާހަކައަކީ އަމިއްލަ އަމިއްލަރައުޔެއް ނޫންކަމަށާއި އަދި މިސުރުގެ ފަތުވާ އިދާރާއިން އިއްޔެނެރުނު ބަޔާނެއްގައި އަންހެނުން ޚިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައި ކަމެއްކަމުގައި ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތަށް ނުވާތީ އެކަމާ ބެހޭގޮތުން ފިގުހީ ލަފާ ހޯދަން އެޗްޕީއޭއިން މި މަހުގެ 5 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީ ބާތިލުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަންގަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top