ފުވައްމުލަކު ސިޓީގެ ފުނާޑު ސަރަހައްދުގައި ހުރި ފުނަ ގަސްތައް ނީލަމަށް ދޫކުރަން ނިންމައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ގެޒެޓްކޮށްފައިވާ ގޮތުން ނީލަން ކިޔަން ހަމަޖެހިފައިވަނީ 27 ޖޫން 2021 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 ގައި ފުނާޑު ދެގަން ދެމެދު ސަރަހައްދުގައި ކަމަށެވެ.
މީގެ އިތުރުން ނީލަމުން ފުނަގަސްތައް ނަންގަވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ފުނަގަސްތައް ނަގައި 03 ދުވަހުގެ ތެރޭގައި ތަން ސާފުކުރަން ވާނެ ކަމަށް ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.






