ގދ. ތިނަދޫއިން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ތިނަދޫއިން މިއަދު 17 މީހުން ޕޮޒިޓިވްވީ އިރު އެރަށުގެ އެކްޓިވް ކޭސް މިވަނީ 264 އަށް އަރާފައެވެ.
ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު އިތުރު 8 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށާއި އަދި ހަ މީހަކަށް ކޮވިޑް ފެސިލިޓީގައި މިހާރުވެސް ފަރުވާ ދެމުންދާ ކަމަށެވެ. މި ބަލީގައި ތިނަދޫ އިން ވަނީ އެކަކު ނިޔާވެފައެވެ.
ތިނަދޫގައި ކޮވިޑު ކޮންޓްރޯލް ކުރުމުގެ ގޮތުން ހަވީރު 4 އިން ފެށިގެން ފަތިހު 4 ޖެހުމާއި ހަމައަށް ވަނީ ކާފިއު އިއްލާންކޮށްފައެވެ.






