އައްޑޫ ސިޓީގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 137 އަށް އަރައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ތަފާސްހިިސާބުން ދައްކާގޮތުން އައްޑޫގައި ކޮވިޑް ޕޮޒިޓިވް 137 މިހަކު އެވަތިބި ކަމަށެވެ. އަދި މިހާތަނަށް 458 މީހުން ކޮވިޑް އަށް ޕޮޒިޓިވްވެެެ 319 މީހުން ވަނީ ބަލިން ފަސޭހަވެފައިވާކަމަށާއި މިވަގުތު 2 މީހަކަށް ފެސިލިޓީގައި ފަރުވާ ދެމުންދާ އިރު މިބަލީގައި އައްޑޫ އިން 2 މީހަކު ވަނީ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން އާންމުކޮށްފައިވާ މައުލޫމާތުގައި ވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީއިން ނެގިފައިވާ ސާމްޕަލް ތަކުގެ އަދަދުތަކަށް ބަލާއިރު 9524 ސާމްޕަލްތަކެއް ނެގި އޭގެތެރެއިން 360 ސާމްޕަލް އަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތަކެކެވެ. ވުމާއެކު ދުވާލެއްގެ މައްޗަށް 181 ސާމްޕަލް ނަގާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ތަފާސް ހިިސާބުން ދައްކަ އެވެ.
އައްޑޫ ސިޓީ ހިތަދޫއިން މިއަދު 7 ޕޮޒިޓިވް ކޭސް ރިޕޯޓް ކުރެވިފައިވާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން މިއަދު ނެރުނު ތަފާސް ހިިސާބުން ދައްކަ އެވެ.






