ގދ. ތިނަދޫއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެރަށުން ބައްޔަށް ހުށަހެޅިފައިވަނީ ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވުނު 7 މީހަކާއި ފްލޫ ކްލިނިކް އެއް ސާމްޕަލް ކަމަށެވެ.
މިއަދު ޕޮޒިޓިވްވި ރޭންޑަމް ސާމްޕަލަކީ ބިދޭސީއެއް ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި އެކަކީވެސް ބިދޭސީއެއްކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ބައްޔަށް 8 މީހަކު އެރަށުން ފައްސިވި އިރު، ބަލިން 26 މީހަކު ވަނީ މިއަދު ރަނގަޅުވެފައެވެ. އެއާއެކު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 267 އަށް ތިރިވެފައެވެ. އިއްޔެ އެ އަދަދު ހުރީ 285 ގައެވެ.
ތިނަދޫގެ އެކްޓިވް ކޭސް 267 އަށް އަރާފައިވާއިރު، ރަށުން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 621 އަށް އަރާފައެވެ.






