Close

އާރު.އޭ.އެމްގެ ފަރާތުން އަޑުއުފުލުމެއް މިއަދު ކުރިއަށް ގެންގޮސްފި

ފޮޓޯ: ދެކުނު މީޑިއާ

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރު.އޭ.އެމް)ގެ ފަރާތުން އަޑުއުފުލުމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ސަރުކާރުން ރެސްޓޯރެންޓްތަކަށް ދޫކުރި ރިލީފް ލޯނަށް ފާޑު ކިޔާފައެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޫކުރި ލޯނު ލިބުނީ ރެސްޓޯރެންޓު ދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލުމުން އެކަމާ ދެކޮޅަށް މީގެ ކުރިން ވެސް ރެސްޓޯރެންޓްތަކުގެ އިސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓުތަކުން މިހާރު ފޯރުކޮށްދެވެނީ ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެވެ.

ކެފޭ، ރެސްޓޯރެންޓްތަކަށް ލިބޭ ގެއްލުމާއި ގުޅިގެން ބަދަލެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ބަދަލު ދިނުމަށް ތާއީދު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ގެއްލުންތަކުން އަރައިގަތުމަށް ޚާއްޞަ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ. މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާތްގަނޑަކަށް 99 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ އެތަންތަނަށް ލިބޭ ގެއްލުމުގެ އަސަރު ވަކިވަކި ދިވެހީންނަށް ކުރާ މިންވަރު ކުޑަ ނަމަވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާތީ އެތަންތަން ބަންދުކުރުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ.

https://twitter.com/DhekunuNews/status/1409495534927159299?s=20

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top