Close

ދީނީ ޢިލްމުވެރިން ވާހަކަދައްކަވަން ވާނީ މަޑުމައިތިރިކަމާއެކު ރީތި ބަހުން: މައުމޫން

ދީނީ ޢިލްމުވެރިން ވާހަކަދައްކަވަން ވާނީ މަޑުމައިތިރިކަމާއެކު ރީތި ބަހުން ކަަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިމޭރުމުން ވިދާޅުވެފައި މިވަނީ، އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ ޑރ. އިޔާޒަށް ގިނަ ބައެއްގެ ނުރުހުން އަމާޒު ވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން ދީނީ އިލްމުވެރިޔަކު އޭނާއަށް ފެންނަ ރައުޔެއް ބުނުމުން ބިރުދައްކަން ކަންކަންކުރާ ކަމަށާއި، ނަފްރަތު ނައްތާލަން ބޭނުން ނަމަ އަދުލުވެރިވާން ޖެހޭކަމަށް ޑރ. ޝަހީމް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ދީނީ ޢިލްމުވެރިން ރަޢުޔު ފާޅުކުރެއްވުމުގައި ގެންގުޅުއްވާ ބަސްމަގަށް ސަމާލުވުމަށް އިލްތިމާސް ކުރަށްވައި ރައީސް މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިން މަޑުމައިތިރި ކަމާއެކު ރީތިބަހުން ވާހަކަ ދެއްކުމަށް ގުރުއާނުގެ އެތައް އާޔަތެއްގައި ސާފުކޮށް އަންގަވާފައިވާ ކަމަށެވެ.

"ދީނުގެޢިލްމުވެރިން ވާހަކަފުޅު ދައްކަވަންވާނީ މަޑުމައިތިރިކަމާއެކު ރީތިބަހުން. ކީރިތި ޤުރްއާނުގެ އެތައްއާޔަތަކުން މިކަން ސާފުކޮށް އެނގެން އެބައޮތް." ރައީސް މައުމޫން ވިދާޅުވިއެވެ.

އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރު ދެއްވިކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޑރ. އިޔާޒް މިއަދު ވިދާޅުވީ އިސްލާމް ދީނަކީ ހުރިހާ އިންސާނުންގެ ޙައްޤު ދެއްވި، އަދި އެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާ ދީނެއްކަމަށެވެ. އަދި ލާދީނީ ފަރާތްތަކާއި، މުލްޙިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމްދީނަކީ އަނިޔާވެރި ލާއިންސާނީ ދީނެއްގެ ގޮތުގައި ސިފަކޮށް މީހުން އިސްލާމްދީން މަތިން ފޫހިކުރުވާ އިސްލާމްދީނާމެދު ނަފްރަތާއި ޢަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތްކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކާމެދު ދިވެހި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން އިތުރަށް ސަމާލުވެ، މިފަދަ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޑރ. އިޔާޒު ވަނީ ގޮވާލައްވާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި ޢިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅު އޮތްކަން ބަޔާންކޮށްގެން އޭނާއަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށެވެ. އަދި އެފަދަ ކޮންމެ އަދަބެއް ވާނީ ބޭއިންސާފުން ދެވޭ އަދަބަކަށްކަމަށާއި އަދި އެފަދަ އަދަބަކީ ޙައްޤު އަދަބެއްކަމަށް ބުނާނީ ކޮން ހަމަޔަކުންތޯ އިޔާޒު ސުވާލުކުރަށްވާފައިވެއެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީއާއި ޑރ. އިޔާޒު ވަޒީފާ އަދާކުރަށްވާ ގައުމީ ޔުނިވަސިޓީން ވެސް ވަނީ އިޔާޒުގެ މައްސަލަ ބަލަންފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

2 ކޮމެންޓް

  1. ޑރ.އިޔާޒުއާއި ސައިޚުޒައިދު ދީނީއިލްމުވެރިންގެގޮތުގައި އަޅުގަނޑެއެނުދެކެމެވެ ސަބަބަކީ އިލްމުވެރިން ފުރިހަމަވަނީ އިލްމާ ހިލްމާ މަކާރިމުލްއަޚުލާޤު އެކުލެވިގެންނެވެ މިއިލްމުވެރިންފާހަގަކުރެވެނީ އެއްވެސްއުސޫލެއްނެތް ނޫސްވެރިންގެގޮތުގައެވެ ނުވަތަ ވާދަވެރި ސިޔާސީބޭފުޅުންގެގޮތުގައެވެ ޢިލްމުހޯދާށެވީއެގޭނޭ ރީތިގޮތްތެދުމަގުންހިނގާނޭ ދީނުގައިވާމޣުންދެވޭތޯ މިންނަތާ ހިއްމަތޭކުރާނީ

  2. ޤުރުއާނުގަ އަންގަވާފަ ހުރި ކަންތައް ތަކުގެ ތެރެއިން ތިމާ ބޭނުން ކަމަކަށް ޢަމަލް ކުރާތަން ފެންނަނީ މަހިތުން ހުރިހާ ކަމަކަށްވެސް ޢަމަލް ކުރަން ޖެހޭނެ . ތިމާ މިއަދު މިކަމެއް ނުކުރާނަމޭ ހިތަށް އެރީމަ އެއީ ހުއްޖަތެއް ނޫން ކަމަށްވެސް ބުނަނީ ދޮއްތަ.

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top