ގދ. ފަރެސްމާތޮޑާގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، ރަށް އާންމު ހާލަތަކަށް ގެންނަން ނިންމައިފި އެވެ.
ފަރެސްމާތޮޑާގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް19 އެއްމަސްދުވަސްތެރޭ ކޮންޓްރޯލު ކޮށްފިއެވެ.ފަރެސްމާތޮޑާއިން ފުރަތަމަ ކޮވިޑް ޕޮޒިޓިވް ކޭސް އެއް ރިޕޯޓް ކުރެވިފައިވަނީ މެއި މަހު 29 ވަނަ ދުވަހު އެވެ.
ރެސްމާތޮޑާ ހޮސްޕިޓަލް އިން ނެރުނު ތަފާސް ހިސާބަުގައި ބުނެފައިވަނީ ފަރެސްމާތޮޑާ އިން މިހާތަނަށް ޖުމްލަ 60 މީހުން ޕޮޒިޓިވްވީ އިރު އޭގެތެރެއިން 58 މީހަކު އިއްޔެގެ ނިޔަލަށް ވަނީ ބަލިން ފަސޭހަވެފައިވާ ކަމަށާއި އެކްޓިވް ކޭސްގެެ ގޮތުގައި މިހާރު ތިބީ 2 މީހަކު ކަމުގައެވެ.
ފާއިތުވެދިޔަ 8 ދުވަސް ތެރޭގައި އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނެތުމާއެކު އަދި ގިނައަދަދެއްގެ މީހުންބަލިން ފަސޭހަވަމުންދިއުމާ ގުޅިގެން ފަރެސްމާތޮޑާ ގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި ރަށް މޮނިޓަރިންގ ހާލަތުން ނެގުމަށް ވިސްނަމުންދާކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
ފަރެސްމާތޮޑާއިން އެންމެ ފަހުން ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ ޖޫންމަހުގެ 20 ވަނަ ދުވަހު އެވެ.






