Close

ކަރަންޓީން ވުމަކާއި ނުލާ ދަތުރު ކުރުމަށް ހުއްދަ ދޭން ނިންމައިފި

ކޮޑިވް19 އަށް ޕޮޒިޓިވްވެ އެބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން 2 މަސް ދުވަސް ނުވާ ފަރާތްތަކަށް ކަރަންޓީން ވުމަކާއި ނުލާ ދަތުރު ކުރުމަށް ހުއްދަ ދޭން ނިންމައިފި އެވެ.

މިކަން އިޢުލާން ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ކުރިއަށްގެންދަވާ ޕްރެސް ކޮންފަރެންސް ގައެވެ. ރައީސް ވިދާޅުވީ ކޮޑިވްޖެހި ރަނގަޅު ވެފައިވާތާ 60 ދުވަސް ހަމަ ނުވާ ފަރާތްތަކަށް ދަތުރު ކުރުމަށް ހުއްދޭނެ ކަމަށެވެ.

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނުވާން އަންގާފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އޭގެ ކުރިން ބަލި ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ 90 ދުވަހު ދަތުރުކުރެވެއެވެ.

މީގެ އިތުރުންވެސް ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދިނުމަށް ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top