ހުރިހާ ހަރަދަކާއެކު 18 ސްކޮލާޝިޕަކަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފައިވަނީ މި ފުރުސަތުތަކުގައި ކިޔެވުމަށް ހުޅުވާލައިފައި ވަނީ އިންޑިއާގެ 2 ކޮލެޖެއްކަމަށްވާ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގް އާއި މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަނުންކަމަށާއި މި ސްކޮލަޝިޕްތަކުގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ، އެ ކޯސްތަކުގެ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރަން އެ މިނިސްޓްރީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން އެކަމަށް ހާއްސަކޮށްފައިވާ ސްކީމުން ކަމަށެވެ
އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ރާއްޖޭގެ 10 ސަރަހައްދަކުން ވަކި އަދަދެއްގެ ދަރިވަރުންނަށް ފުރުސަތު ދޭވޭނެކަމަށާއި އެ ސަރަހައްދަކަށް ޝަރުތު ހަމަވާ އެއްވެސް ދަރިވަރެއް އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެކި ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ދަރިވަރުން، މެރިޓް އުސޫލުން ބަލާ އެންމެ މަތިން މާކުސް ލިބޭ ދަރިވަރެއް އެސަރަހައްދަކަށް ހޮވޭނެ ކަމަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެހެންކަމުން އެޕްލިކޭޝަން ހުށަހަޅާ ހުރިހާ ދަރިވަރުން ވެސް އެޕްލިކޭޝަން ހުށަހަޅަން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިސްކަންދޭ ތަރުތީބުން އެނގޭނެ ގޮތުގެ ލިޔުން ހުށަހަޅަން ވަނީ އެދިފަ އެވެ.
ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެ ކިއުންތައް އެ މިނިސްޓްރީގެ ފޯޓަލް މެދިވެރިކޮށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.
މިނިސްޓްރީން ސްކޮލާޝިޕްތައް ހުޅުވާލައިފައި ވަނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކިޔަވަން ބޭނުންވާ 11 ފުރުސަތަކާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކިޔަވަން ބޭނުންވާ 7 ފުރުސަތަކަށް ށެވެ.
ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އޮގަސްޓު 1 ވަނަ ދުވަހުގެގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.






