ސަރުކާރުން ނިންމާފައިވާ ގޮތަށް އުރީދޫގެ ސުޕަނެޓް ޕެކޭޖުތަކުގެ އަގުހެޔޮ ކޮށްފިއެވެ.
އުރީދޫން މިއަދު ވަނީ ނެޓު އަގުހެޔޮ ކުރުމުގެ ޕްރޮގްރާމުގެ ދަށުން އާ ހަތަރު ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެއީ 250 ރުފިޔާއަށް 30ޖީބީ އާއި 400 ރުފިޔާއަށް 65ޖީބީ އާއި500 ރުފިޔާއަށް 130ޖީބީ އަދި 700 ރުފިޔާއަށް 210ޖީބީއެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރަންޖެހޭވަރު އިތުރުވެ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓްޙިދުމަތުގެ މުހިންމު ކަން މިހާރި އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އިންޓަނެޓު އަގުހެޔޮ ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަދުގެ މި ޑިޖިޓަލް ދުނިޔޭގައި ފުރިހަމަ އިންޓަނެޓްގެ ޙިދުމަތް ތަޖުރިބާކޮށް އޭގެ ފައިދާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާމަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް، ސުޕަރނެޓް ޕްލޭންތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި." ނަޖީބް ޙާން ވިދާޅުވިއެވެ.
އުރީދޫގެ މި ބަދަލުތަކާއެކު އެންމެ ކުޑަ ޕެކޭޖް ފިޔަވައި ދެން ހުރި ހުރިހާ ޕެކޭޖްތަކެއްގެ ތްރޮޓުލް ސްޕީޑަކީ ފަހެއް އެމްބީޕީއެސްއެވެ. އެންމެ ކުޑަ ޕެކޭޖުގެ ތްރޮޓަލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ.
އެ ކުންފުނިން ވަނީ 35އެމް ޕްލޭނަށްވުރެ މަތީ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރާ ގައި ބައިވެރިވެވޭނެއެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ ލޯޔަލިޓީ ޕްރޮގްރާމެކެވެ.
މީގެ އިތުރުން އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގައި ބޭނުން ކުރެވޭގޮތަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތްވެސް ލިބޭނެއެވެ.
އިންޓަނެޓް ހިދުމަތަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލު ތަކުގެ ތޭރަގައި ހިމެނެނީ 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، 100 ޖީބީގެ އެލަވެންސް500 ރުފިޔާ އަށް، އަދި 200 ޖީބީ އެލަވެންސް 700 ރުފިޔާ އެވެ.






