Close

ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގެ މައުލޫމާތު ހޯދުމަށް އާއްމުންގެ އެހީއަށް އެދިއްޖެ

ޏ. ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގެ މައުލޫމާތު އެނގޭ ފަރާތެއް ހޯދުމަށް ފުލުހުުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ވިދާޅުވީ 2021 ޖޫން 26 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ޏ. ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން، މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ހިނގި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

މި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ މަންޒަރު ދުށް ފަރާތެއް ވާނަމަ، ނުވަތަ އެ މާރާމާރީއާ ގުޅޭ ފޮޓޯ/ވީޑިއޯ ހުރި ފަރާތެއް ވާނަމަ، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top