Close

ތިނަދޫ އިން އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ފޮޓޯ: ނައުޝަމް ވަހީދް

ގދ. ތިނަދޫ އިން އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި 3 މީހަކާއި، ޑައިރެކްޓް ކޮންޓެކްޓުން ތެރެއިން ޕޮޒިޓިވްވި 23 މީހެއް ކަމަށެވެ.

މިއާއެކު އެރަށުން ކޮވިޑް ޖެހުުނު މީހުންގެ އަދަދު ވަނީ 689 އަށް އަރާފައެވެ. އޭގެ ތެރެއިން 423 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ރަނގަޅުނުވެ ތިބީ 266 މީހުންނެވެ. އޭގެ ތެރެއިން 2 މީހަކަށް ފަރުވާދެމުން ދަނީ ފެސިލިޓީގައެވެ.

ކޮވިޑާއި ގުޅިގެން ތިނަދޫ ބަންދު ކުރިތާ މިހާރު 2 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް އެރަށުން ކޮވިޑަށް ފައްސިވާ އަދަދުތައް ދަށަށް ނުދެއެވެ. އަދި އެރަށުން ކޮވިޑް ޖެހިގެން ފަރުވާދެމުން ދިޔަ މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ.

މުޅި ގދ. އަތޮޅުގެ ކޮވިޑް ހާލަތަށް ބަލާއިރު،އެ ސަރަހައްދުން ޖުމްލަ 912 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މުޅި އަތޮޅުން މިއަދު ޖުމްލަ 28 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއީ ގައްދޫން ފައްސިވި ދެ މީހުން ލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top