Close

ވިލިނގިލީ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ވިލިނގިލީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 212 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ދެމީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހާއި އަޅައި ބަލާއިރު ޖޫން މަހު މަދުވި ނަމަވެސް އަދިވެސް ކޮވިޑްގައި ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. ޖޫން މަހު ވެސް ކޮވިޑް ޖެހިގެން 50 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

އިއްޔެ އިރުއޮއްސުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް ޖެހިފައި 3602 މީހުން ތިއްބެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އޭރު ގެންދިޔައީ 28 މީހުންނަށެވެ. ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ މީހަކު ވެސް ރޭ ވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top