Close

ވާދޫ ކައުންސިލުން ތަރައްޤީކުރި ކުޑަކުދިންގެ ޕާރކު ރަސްމީކޮށް ހުޅުވައިފި

ގދ ވާދޫ ކައުންސިލުން ހަރަދުކޮށްގެން އެރަށުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާރކު ރަސްމީކޮށް ހުޅުވައިފި އެވެ.

"ކުޅެމާ ކުޅެމާ" ގެ ނަމުން ނަންދެވިގެން ހުޅުވުނު މި ޕާރކު ރަސްމީކޮށް ހުޅުވީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ޕާރކު ހުޅުއްވައި ދެއްވީ ވާދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އަހުމަދު އަބްދުލް ކަރީމް އަދި މި ދައުރުގެ ރައީސް ހަސަން އަބްދުالله އެވެ.

ވާދޫ ކުޅެމާ ކުޅެމާ ޕާރކަކީ ވާދު ކައުންސިލުން ހަރަދުކޮށްގެން މިނިސްޓްރީ އޮފް ޔޫތް, ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުގެ އެހީތެރިކަމާއި އެކު ތަރައްޤީކުރި ޕާރކެކެވެ. މި ޕާރކަށް އެކައުންސިލްގެ ބަޖެޓުން 266000 ރުފިޔާ ވަނީ ހަރަދުކޮށްފައި އެވެ.

ވާދޫ ކުޅެމާ ކުޅެމާ ޕާރކު ތަރައްޤީ ކުރަން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. މި މި ޕާރކް ތަރައްޤީކޮށްފައިވަނީ ޑީއެމްއެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެންނެވެ. އަދި މި ޕާކުގެ މަސައްކަތް މަސައްކަތް ފެށިތާ 3 މަސްދުވަސްތެރޭ ނިންމާލި ކަމުގައިވީ ނަމަވެސް ޕާކު ހުޅުވުން ލަސްވެގެންދިޔައީ އެރަށުން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންގ ހާލަތަށް ގެނެވުމާއި ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top