Close

ވަޒީފާއިން ވަކިކުރިޔަސް ނިކަމެތި ކަމެއް ނުލިބެނޭ: ޑރ. އިޔާޒު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާގެ މަގާމުން ވަކިކުރުމުން ޑރ.މުހައްމަދު އިޔާޒު ރައްދު ދެއްވައިފި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިޔާޒު ވަކިކޮށްފައިވަނީ ތަފާތު އެކި ފަހަރުމަތިން ނަސޭހަތްދީގެން ވެސް އިސްލާހުނުވުމާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ޝަރީފް ޓެގް ކުރައްވައި އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިޔަބައި މީހުންނަށް ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެ މަތީގައި ކަމަށާއި ނަމަވެސް މާތްﷲ އިރާދަކުރެއްވިއްޔާ އޭނާ އަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ.

އިޔާޒު އެ ވަޒީފާއިން ވަކިކޮށްފައިމިވަނީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ އިޔާޒު ކުރެއްވި ޓްވީޓެއްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން ދަނިކޮށެވެ. އެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ވެސް ވައްދާފަ އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

މީކާއިލް މަޖިލީހަށް ހުށަހަށާފައިވާ މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) ފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

އަދި އެއީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top