Close

އެމްޕީއެލް އިން ދެމުންގެންދިޔަ ބަހުގެ ހިދުމަތް ރަސްމީކޮށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ފޮޓޯ: ދެކުނު މީޑިއާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުންގެންދިޔަ ބަހުގެ ހިދުމަތް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

އެމްޓީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ބަހާއި ފެރީގެ ހިދުމަތް ރައްކާތެރި އަދި ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އާއްމު ޚިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމާއި އެކު އެކަމާއި ގުޅުން ހުރި އެމްޕީއެލްގެ އެސެޓްތަކާއި ވަސީލަތްތައް ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށެވެ. އެމްޕީއެލް މި ހިސާބަށް ގެންނަން މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ރައްކާތެރިކަމާއި އެކު ޚިދުމަތް ދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ފޯރުކޮށްދެމުން އައި ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ވަނީ 2019 ވަނަ އަހަރު ނިންމާފައެވެ. ސަރުކާރުން އެމްޕީއެލް ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކުރަން ނިންމާފައިވާ މައިގަނޑު ސަބަބަކީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެނައުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ބަހުގެ ހިދުމަތް ދިނުމުގައި ތިން އަހަރުން އާންމުންގެ އިތުބާރު ހޯދި އެމްޕީއެލުން އެ ހިދުމަތް ދިނީ ކޮންމެ ދުވަހަކު ދަތުރުތައް ނިންމައި ވަކި ވަކީން ބަސްތައް ދޮވެ ސާފު ކޮށްގެނެވެ.

2018 ވަނަ އަހަރުން މާލެއިން ފެށި ބަހުގެ ޚިދުމަތްތައް އަތޮޅުތެރެއަށް ފުޅާވެ އައްޑޫ ސިޓީ އާއި، ފުވައްމުލައް ސިޓީ އަދި ލ.އަތޮޅުގައި ވެސް އެ ކުންފުނިން އައީ ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top