Close

ތިނަދޫން އިތުރު 17 މީހުން ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވް އަދަދު 708އަށް

ގދ. ތިނަދޫއިން މިއަދު 17 މީހުން ޕޮޒިޓިވްވެ އެރަށުގެ ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 708 އަށް އަރައިފިއެވެ.

ތިނަދޫ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލް އިން ހާމަ ކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި 12 މީހަކާއި، ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 4 މީހަކާއި، ރެންޑަމް އެއް ސާމްޕަލެކެވެ.

މިހާތަނަށް 708 މީހުން ޕޮޒިޓިވް ވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 431 މީހުންނެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 2 މީހެކެވެ. މިއަދު މިބަލީގައި ނިޔާވެފައިވަނީ 70 އަހަރުގެ މީހެކެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް ރަށުގައި 231ގެ ވަނީ ކަރަންޓީނު ކުރެވިފައިކަމާއި 84 މީހެއްގެ ސާމްޕަލް ނަތީޖާ އަދި ނުލިބޭކަމަށް އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފައިވެއެވެ.

އިއްޔެ އިރުއޮއްސުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް ޖެހިފައި 3602 މީހުން ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top