ރާއްޖޭގެ ޤާނޫނުތަކަށް ބާރު ނުހިނގާނެ ގޮތަށް ބޭރުގެ އަސްކަރީ ބާރުތަކުން އައްޑޫ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާތީ ސޭވް އައްޑޫ ޓީމުގެ ކަންބޮޑުވުން ފާޅުކޮށް ސޭވް އައްޑޫ ޓީމާއެކު އަޑުއުފުލުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތްކޮށް ސިޓީއެއް ހުށައަޅައިފި އެވެ.
މި ސިޓީގައި ބޭރުގެ އަސްކަރީ ބާރުތަކުން އެކި ނަންނަމުގައި ދިވެހިރާއްޖޭގައި ގާއިމުވެ ތިބުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާ ކަމެއްކަމާއި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ރާއްޖޭގައި ހަރަކާތްތެރިވުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ލިޔެފައިވެ އެވެ.
Request to all the Political Parties to join our movement #saveAddu and raise voice against Military Influence pic.twitter.com/pvAVe2OUTO
— #SaveAddu 🇲🇻 (@SaveAddu) July 1, 2021
މި ދިވެހިރާއްޖޭގެ ކުޅަދާނަ ބަތަލުންނައި ކާބަފައިން އެތަށް ޤުރުބާނީތަކެއްވެ ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު މި ޖުލައި ހަވާލުކޮށްފައިވާމިވާ ދިވެހި ބިމުގެ މިނިވަންކަމާއި ސިޔާދަތަކީ އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ބިމަކަށް ވާހިނދު މި ބިމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާ އެންމެހާ ކަންކަމާއި ދެކޮޅަށް އަޑުއުފުލުމުގައި މި ޓީމާއެކު ބައިވެރިވުމަށް ވަނީ އެދިފަ އެވެ .
ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި ބޭރުގެ އަސްކަރިއްޔާ ތަކާއި ދެމެދު ހެދިފައިވާ އެއްބަސްވުންތައް މުރާޖާކޮށް އަލުން އެކުލަވައިލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ސޭވް އައްޑޫ ޓީމުން ވަނީ ނުހަނު ބޮޑަށް އެދޭ ކަމެއްކަމުގައި މި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.







1 ކޮމެންޓް
ކިހާދެރަ. އަހަރެންގެ ހިތައް އަރަނީ ވެރިކަމައް އަންނަން ވެގެން ފޫގަޅާފަ ތިބޭމީހުން ކީއްވެ ބާއޭ ވޯޓައް ސަލާން ޖަހަން ބޭރު މީހުންގެ ކާރިއައް ނުދަނީ. ދިވެހިން ކާރިޔައް އަނނަނީ.