Close

ނިލަންދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ގއ. ނިލަންދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީނުގައި ހުރި މީހެކެވެ.

މިކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ހެލްތް ސެންޓަރާއި ކައުންސިލާއި ގުޅިގެން ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައެވެ. އެރަށުން ކުރިން ޕޮޒިޓިވްވި ފަރާތްތައް އެއްކޮށް ރަނގަޅުވެފައިވާތީ މިކޭސްއާއެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 1 އެވެ. އެރަށުން މިހާތަނަށް 5 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރަށުގެެ އެންމެހައި ފަރާތްތަކުން ވެސް މިކަންކަމަށް ބޯލަބައި މިކަންކަން ތަންފީޒު ކުރުމަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ކައުންސިލާއި ޓާސްކް ފޯސްއިން ވަނީ އެދިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top