Close

ހުޅުދެލީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. ހުޅުދެލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ))ން ބުނީ ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްބާރު ސްޕީޑްގައި ކުރިއަށްދާ ކަަމަށާއި  ބޭރުތޮށި ލުމުގެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 49,612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top