އައްޑޫ ސިޓީ އީކުއޭޓާ ވިލެޖުގެ އިރުއުތުރު ފަޅު ބޭރުން ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އޭނާގެ ހަށިގަނޑު ކަނޑުން ނަގައިގެން މިހާރު ސ. ފޭދުއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ އަކީ އީކުއޭޓާ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 44 އަހަރުގެ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ.
އޭނާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އާ ގުޅިގެން ބަލަޖެހޭ ކަންކަން ބަލަމުންކަމުގައި ބުނެފައިވެއެވެ.






