Close

ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި 9 މީހުން މަރުވެއްޖެ

ސްވިޑެންގެ ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި 9 މީހުން މަރުވެއްޖެއެވެ.

ވެއްޓުނު ފްލައިޓަކީ ސްކައިޑައިވަރުން ގޮވައިގެން ދަތުރު ކުރި ފްލައިޓެކެވެ. އެ ފްލައިޓުން މަަރުވި 9 މީހުންގެ ތެރޭގައި ޕައިލެޓް ވެސް ހިމެނެއެވެ.

ޑީއެޗް-2 ބީވާ މަރުކާގެ މި ކުޑަ ފްލައިޓު ކުއްޔަށް ހިފައިގެން ދަތުރު ކުރީ ސްކައިޑައިވިންގ ކްލަބެއްގެ ބަޔަކު އެމީހުންގެ އިވެންޓެއް ޖެއްސުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ފްލައިޓު ވެއްޓިފައިވަނީ މައްޗަށް މައްޗަށް އަރަން ފެށިތަނުން ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ސްވިޑެންގެ ޕްރައިމް މިނިސްޓަރ ސްޓެފަން ލޮފްވެން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ.

2019 ވަނަ އަހަރު ވެސް މި ކަހަލަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ފަހަރު ވެއްޓުނީ ޕެރެޝޫޓް ޖަމްޕް ކުރުމަށް ދަތުރުކުރި ބަޔަކު ދިޔަ ފްލައިޓެކެވެ. އެ ފަހަރު ވެސް އެފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފަ އެވެ. ފަހުން އެ ހާދިސާގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގުމަށް ދިމާވީ ފްލައިޓަށް ލޯޑު ކުރުމުގައި ހެދިފައިހުރި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top