Close

ފުވައްމުލަކު ސިޓީގެ މަގު ބައްތިތައް ނުދިއްލި ހުރުުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ

ފުވައްމުލަކު ސިޓީގެ މަގު ބައްތިތައް ނުދިއްލި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

މަގު ބައްތިތައް ނުދިއްލެނީ ރަށުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގުތައް ހަދަމުންދާއިރު މަގުގައި ހުންނަ ހޮޅިދަނޑިތައް ނަގަމުންދަތީއެވެ.

ފުވައްމުލަކުގެ ބޮޑެތި ހުރިހާ މަގެއްގައި ޖަހާފައިވާ މަގު ބައްތިތައް ނެގުމުގެ ސަބަބުން ރޭގަނޑު ރަށް އޮންނަނީ ކަޅު އަނދިރީގައެވެ. މިކަމުގެ ސަބަބުން ރަށުތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަަތައް ވަނީ އިތުރުވެފައެވެ. ދުއްވާ އެއްޗެއްސަށާއި ހިނގާ ބިނގާ މީހުންނަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ފުވައްމުލަކު މަގު ހެދުމުގެ ފުރަތަމަ ފޭސްގެ ދަށުން 34 މަގެއް ހަަދަން ހަމަޖެހިފައިވާއިރު ގިނަ މަގުތަކުގައި ޖަންކްޝަން ފައްތައި ހޮޅިއަޅައި ކާބްސްޓޯމް ގާ ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އެހެންނަމަވެސް  އަދިވެސް އެއްވެސް މަގެއް ލެވެލްކޮށް ތާރު އަޅާފައި ނުވާތީވެ އެމަގުތަކުގައި އަލުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ނުގެންދެވެއެވެ.

ފުވައްމުލަކު މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާތާ 2 އަހަރުވެގެން  ދިޔައިރުވެސް އެއްވެސް މަގެއްގައި ތާރުއަޅައި ނިމިފައި ނުވާއިރު، ރައްޔިތުންގެ އެދުމަކީ މަގު ހެދުމުގެ މަސައްކަތް ނިމެންދެން ވެސް  ރޭގަނޑު ރަށުތެރެ ދިއްލޭނެ އިންތިޒާމެއް ހަމަޖެހިގެންދިޔުމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top