Close

ވީއައިއޭ އަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ވީއައިއޭއިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް މިއަދު ހެނދުނު 09:52 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމެއް ކަމަށެވެ.

ވަޒަންތައް ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ނެމްބިއާގެ ފަތުރުވެރިއެއްގެ އަތުންނެވެ. އަދި އެމީހާއަކީ 60 އަހަރުގެ ފިރިހެނެކެވެ.

"ވަޒަންތަކާގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުން ދަނީ އެމީހާއާއި ސުވާލު ކުރަމުން" ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށް ވެސް ވިދާޅުވެފަވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top