Close

ރައީސްގެ ޚާއްޞަ މަންދޫބު، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި މިސްޓަރ އައްބާސް ފާއިޒް، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާ ބައްދަލުކުރައްވައިފިއެވެ.

އައްބާސް އާއި މިނިސްޓަރ މާރިޔާގެ މި ބައްދަލުވުން މިއަދު ކުރިޔަށް ގެންގޮސްފައިވާއިރު، މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުެވެއެވެ.

މި މަހުގެ 2 ވަނަ ދުވަހު އައްބާސް ރާއްޖެ ވަޑައިގެންފައިވާއިރު، އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީއިން އެކުލަވާލާފައިވާ ކޮމިޓީ އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާވެސް ބައްދަލު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަންކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top