Close

އައްޑޫ ސިޓީން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން މިއަދު 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 11 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 7 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކްލިނިކަށް ދެއްކި 2 މީހަކާއި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އަދި އަނެއް ކޭސް ފެނިފައިވަނީ މަރަދޫ އިންނެވެ. އެއީ ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށް އެ ސެންޓަރުން ބުނެ އެވެ.

އައްޑޫގެ ކޮވިޑް ކޭސްތަކުގެ އަދަދު މައްޗަށް އަރާފައިމިވަނީ، ފާއިތުވި ދުވަސްތަކުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ދަށަށް ގޮސްފައިވަނިކޮށެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައި ކަމަށްވާއިރު ރޭ ވަނީ އަނެއްކާވެސް ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން ހެނދުނު 8 އިން ހަވީރު 6 ޖެހުމާ ހަމައަށް ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު، ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.

މީގެއިތުރުން ކުޅިވަރު ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމުގެ އިތުރުން ސެލޫންތަކާއި، ބޯކޮށާ ތަންތަނުގެ އިތުރުން ޖިމްތައް ހުޅުވުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top