ރާއްޖެއިން ކޮވިޑް ބަލީގައި 59 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ 03:05 ށ. އަތޮޅު ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 214 އަށް އަރާފައެވެ.
At 03:05 am (011/07/21) a 59-year-old Maldivian female admitted at Sh. Covid Management Facility has passed away
This is the 214th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven.
— Health Protection Agency (@HPA_MV) July 11, 2021
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 74،993 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2650 ކަމަށްވާއިރު އޭގެތެރެއިން 21 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.






