Close

ގަން އަދި ފުނަދޫ މޮނިޓަރިން ހާލަތުން ވީއްލައިފި

ލ. ގަމާއި ލ. ފޮނަދޫގައި މޮނިޓަރިން ވީއްލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން މި 2 ރަށް މޮނިޓަރިން ހާލަތުން ނަގާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 80 ދުވަސް ފަހުން ނެވެ.

ގަމާއި ފޮނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ މާންދޫން ފެނިގެން ދިޔަ މާންދޫ ކްލަސްޓާއާއި ގުޅިގެން ނެވެ.

މާންދޫން ފެނުނު ކޭސްތަކާއި ގުޅިގެން، ގަން އަދި ފޮނަދޫންވެސް ޕޮސިޓިވް ކޭސްތަކެއް ފެނި ގަމާއި ފޮނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ  އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

މި 2 ރަށް މޮނިޓަރިން އިން އުވާލެވިފައިވުމާއެކު އެޗްޕީއޭ އިން އަލަށް އާންމުކުރި އުސޫލުތަކާއި އެއްގޮތަށް މާލެއިން އަދި އެހެން ރަށްރަށުން ގަން ފޮނަދުއަށް ދަތުރުކުރާއިރު، ކޮވިޑު ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާނަމަ ކަރަންޓީނު ވުމަކާ ނުލާ ދަތުރުކުރުމާއި އަދި ކޮވިޑަށް ޕޮޒިޓިވް ވި ފަހުން 60 ދުވަސް ނުވާނަމަވެސް ގަން އަދި ފޮނަދުއަށް، ކަރަންޓީނުވުމަކާނުލާ ދަތުރުކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top