Close

ޖަޕާނުން ދިވެހިރާއްޖެ އަށް ވެކްސިން ހަދިޔާކުރުމަށް ނިންމައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ދިވެހިރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޖަޕާނުން ކޮވެކްސް ފެސިލިޓީގެ ދަށުން 10 ޤައުމަކަށް 11 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އެ 10 ޤައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނޭކަމަށެވެ.

މިއީ ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށާއި، އެކަމަށްޓަަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރާކުރާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޯވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top