Close

ފުވައްމުލަކު ސިޓީގައި ޑްރިފްޓް ޕާކެއް ގާއިމުކުރުމަށް ނިންމައިފި

ފުވައްމުލަކު ސިޓީގައި ޑްރިފްޓް ޕާކެއް ގާއިމުކުރުމަށް އެ ރަށުގެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ އެ ސިޓީގައި ޑްރިފްޓް ޕާކެއް ގާއިމުކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމައި ދިނުމަށް އެދި ހުށަހަޅާފައިވާ ކަރުދާހާއި ގުޅިގެންނެވެ.

އެގޮތުން ކައުންސިލުން ނިންމާފައިވަނީ އެ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނުގައި ޑްރިފްޓް ޕާކު ހިމެނުމާއެކު، 2022 ވަނަ އަހަރު ޕީއެސްޕީއައި ޕްރޮޖެކްޓުގައި ހިމެނޭތޯ ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީ އަށް ހުށަހެޅުމަށްފަހު، އެ ފުރުސަތު ނުލިބިއްޖެނަމަ އަންނަ އަހަރުގެ ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ޑްރިފްޓް ޕާކު ގާއިމުކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށެވެ.

އެގޮތުން ޑްރިފްޓް ޕާކު ގާއިމުކުރުމުގައި ބައެއް ކަންތައްތަކަށް އިސްކަން ދިނުމަށް ވެސް ވަނީ އެ ބައްދަލުވުމުގައި ފާސްކޮށްފައެވެ.

އޭގެތެރޭގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، ކައުންސިލުން އުސޫލުތަކެއް ހަދައި އެ އުސޫލުގެ ދަށުން ޑްރިފްޓް ޕާކު އޮޕަރޭޓް ކުރުމާއި ޑްރިފްޓް ޕާކު ޑިޒައިން ކުރާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ކޮންސެޕްޓް ޑިޒައިން ކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top