ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބޮޑު ބަދަލާއެކު އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ.
އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބޮޑު ބަދަލާއެކު އެސްޓޮއޯއިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް މިއަދުން ފެށިގެން ތެލުގެ އަގަށް ބަދަލުގެނެސްފައިވާކަމަށެވެ.
އެގޮތުން ގެނެސްފައިވާ ބަދަލާއެކެ، ޑީސަލް ލިޓަރެއްގެ އަގު 10.95ރ އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 10.72 ރ އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
Announcement 📢 pic.twitter.com/aTRJAL3yn4
— STO (@stoplc) July 14, 2021
އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.






