Close

ވެކްސިން ޖެހޭ އުމުރުފުރާގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފި

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އުމުރުފުރާގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އާބާދީ ކަމަށްވާ، އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އިއްޔެއާ ހަމައަށް 50 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 242،370 މީހެކެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހައި ތިބީ 77،008 މީހަކު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝިލްޑް ވެކްސިނާއެކު މިއަހަރު ފެބްރުއަރީ 1 ގައެވެ. އޭރު ގިނަ ބަޔަކު ކޮވިޝިލްޑްގެ ފުރަތަމަ ޑޯޒް ޖެހިއިރު، ދެވަނަ ޑޯޒް ޖަހަންވާއިރަށް ވެކްސިންގެ އާ ޝިޕްމަންޓްތައް ގެންނަން ނިންމާފައި ވަނިކޮށް އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ވެކްސިން އުފެއްދުން މެދުކަނޑާލަން ޖެހުނެވެ.

އެކަމުގެ ސަބަބުން، ރާއްޖޭގައި ވެސް ކޮވިޝިްލޑް ވެކްސިންގެ ފުރަތަމ ޑޯޒް ޖެހި އެތައް ބަޔަކަށް ވެކްސިން ނުލިބި ދިޔަ ކަން ފާހަގަ ކޮށްލެވެއެވެ. ގިނަ ދުވަސްތަކަކަށްފަހު ރާއްޖެއަށް ކޮވިޝިލްޑް ވެކްސިން ލިބި، ވެކްސިން ޖަހަން ފަށާފައި މިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.

ރާއްޖޭގައި ކޮވިޝިލްޑް ވެކްސިންގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިން ވެސް އެބަ ޖަހައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top