Close

އުމުރުން 2 އަހަރުގެ ކުޑަ ކުދިންނަށް އައްޑޫ އިން ބިން ދީފައި އެބަހުރި: މޭޔަރު ނިޒާރު

އުމުރުން 2 އަހަރުގެ ކުޑަކުދިންނަށް އައްޑޫ އިން ބިން ދީފައި އެބަހުރިކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވީ ފާއިތުވި 15 އަހަރުތެރޭ އުމުރުން 2 އަހަރުގެ ކުޑަކުދިންނަށް ބިން ދީފައި ހުރި ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ.

އައްޑޫ ސިޓީގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ބިން ދީފައިވާ މައްސަލައެއް އާ ކައުންސިލުން ތަހުގީގުކޮށްފައިވާ ކަމަށާއި ހޮސްޕިޓަލު ސަރަހައްދުގައި ސައްހަ ނޫން ލިޔެކިޔުންތަކަށް ރަޖިސްޓްރީކޮށްފައިވާ ތިން ބިމެއް އެބައޮތް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވި ގޮތުގައި 2007 ވަނަ އަހަރު ހިތަދޫ ބޮޑުކަތީބު ހަސަން ލަތީފު ސޮއިކުރެއްވި ފޭކު ޑޮކިއުމެންޓަކަށް ގޯތިތަކުގައި ނަމްބަރު ޖަހައިގެން އެތައް ސަތޭކަ ބަޔަކަށް ގޯތި ދީފައިވާ ކަމަށާއި އެ ލިޔެކިޔުންތަކުގެ މައްޗަށް ގޭގެ ރަޖިސްޓްރީ ހަދައިގެން މިހާރު ގެ އަޅާފައި އެބަހުރި ކަމަށާއި އެފަދަ ރަޖިސްޓްރީތަކުގެ މައްޗަށް ކައުންސިލުން އަމަލުކުރުން ވެގެންދާނީ ޣައިރު ގާނޫނީ ކަމަކަށް ކަމަށެވެ. އަދި ފޭކު ޑޮކިއުމެންޓުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރަޖިސްޓްރީތައް ބާތިލުކުރަން ކޯޓުން ހުކުމްތައް ވެސް އައިސްފައިވާ ކަމަށާއި އާ ކައުންސިލުން އައިސްފައިވަނީ އެ ކަންކަން އިސްލާހުކުރުމަށް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

މި ކައުންސިލުން 100 ޕަސެންޓް ޔަގީންކަން މި އަރުވަނީ، މި ކައުންސިލަކުން ހިތަދޫގެ ބިންތަކާއި ޣައިރު ގާނޫނީކޮށް ނުކުޅޭނަން" ނިޒާރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top