Close

ނަޑެއްލާ ރައްޔިތުންނަށް އެހީގެ ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ތިނަދޫ ކައުންސިލުން ހުޅުވާލައިފި

ކޮވިޑު ބައްޔަށް ބައްޔަށް ޕޮޒިޓިވްވެ މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ގދ. ނަޑެއްލާގެ ރައްޔިތުންނަށް އެހީގެ ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ގދ. ތިނަދޫ ކައުންސިލުން ހުޅުވާލައިފި އެވެ.

ތިނަދޫ ކައުންސިލުން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އަވަށްޓެރި ނަޑެއްލާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެރަށު ރއްޔިރުންނަށް އެހީގެ ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތު ތިނަދޫ ކައުންސިލްގެ ފަރާތުން އާންމުނަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެއިއުލާނުގައި ބުނެފައިވަނީ ނަޑެއްލާގެ ރައްޔތުުންނަށް އެހީގެ ތަކެތި ހަދިޔާ ކުރައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 18 ޖުލައި 2021 10:00 ވާ އާދީއްތަ ދުވަހުގެ ކުރިން އެހީގެ ތަކެތި ތިނަދޫ ކައުންދިލާ ޙަވާލުކޮށްދެއްވުމަށާއި އެތަކެތި ނަޑެއްލާއަށް ފޮނުވުގެ ކަންކަން އެ އިދާރާއިން ހަމަޖައްްސަވާނެ ކަމަށެވެ.
މިކަމަާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7796732 ނަންބަރު ފޯނަށް ގުޅުއްވުމަށްވެސް އެކައުންސިލުގެ އިުލާނުގައި ބުނެފައިވެ އެވެ.

ނަޑެއްލާ އިން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، ރަށުތެރެއަށް ބަލި ފެތުރިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެރަށުގައި 24 ގަޑިއިރަށް ކާފިއު ހިންގައި މުޅި ރަށް މިހާރުވަނީ ފުރަބަންދު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top