Close

ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސަށް އެދެވޭ ގޮތަށް ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު އިސްލާހު ކޮށްފި

ފޮޓޯ: ދެކުނު މީޑިއާ

ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވައިގެން ކުރި ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސަށް އެދެވޭ ގޮތަށް އެެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

މީގެ ކުރިން އަމަލުކުރަމުން އައި ގަވައިދުގައި ބުނާ ގޮތުން ލައިސަންސްގެ ނަގަން ހަދާ ތިއަރީ ޓެސްޓުގައި ބައިވެރިވެވޭނީ ހުއްދަ ނެތި އެއްގަމު އުޅަނދު ދުއްވައިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް އޮތްނަމަ އެ ޖޫރިމަނާ ދެއްކުމަށް ފަހުއެވެ.

ބުރާސްފަތި ދުވަހު ޓްރާންޕޯޓް މިނިސްޓްރީން އާއްމުކުރި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ލައިސެންސްއަށް އެދި ހުށައެޅުމުގެ މާއްދާގެ ދަށުން ވަނީ އުނިކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top