Close

ތިނަދޫގައި އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދިނުމަށް ނިންމައިފި

ފޮޓޯ: ނައުޝަމް ވަހީދް

ގދ.ތިނަދޫ އިން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް ބޮޑު ލުޔެއް ދިނުމަށް އީއޯސީ އިން ނިންމައިފި އެވެ.

އެގޮތުން މިއަދުން ފެށިގެން ފަތިހު 4 އިން ހަވީރު 4 އަށް ހުއްދައަކާއި ނުލާ އާންމުންނަށް ބޭރު ތެރޭގައި އުޅޭވެނެ ގޮތަށް އިއޯސީއިން ވަނީ ނިންމާފައެވެ. އަދި ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް ކާފިއު ހިންގާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ސޮއިކުރައްވާ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އާންމުން ބޭރަށް ނުކުމެ އުޅޭ ވަގުތަށް ލުއި ދިން ނަމަވެސް، ފިހާރަ އަދި ހޮޓާ ފަދަ ތަންތަން މިހާރު ވެސް ހިނގަމުންދާ އުސޫލުން އަމަލު ކުރެވޭނެ ކަމަށެވެ.

ތިނަދޫ އިން އިއްޔެވެސް ވަނީ 7 ފަރާތެއް ކޮވިޑަށް ފައްސިވެފަ އެވެ. އަދި އެ އަދަދާއި އެކު ތިނަދޫގައި މިވަގުތު އެކްޓިވް ކޭސް ގެ އަދަދަކީ 142 އެވެ. ތިނަދޫ ހާލާތު މަޑު މަޑު ރަނގަޅުވަމުން އަންނަކަމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން ވިދާޅުވާއިރު، ރަށުގެ ޕޮޒިޓިވް ރޭޓް ވަނީ 10 އިންސައްތައިގައި ހިފެއްޓިފައި ކަމަށްވެސް ހޮސްޕިޓަލުން މައުލޫތު ދެއްވައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top