Close

އައްޑޫގެ އަވަށް ތަކަށް އަމާޒުކޮށްގެން ބާއްވާ ‘ކްލަބް ލޮތާރި ސްޓްރީޓް" ސޮކާ މުބާރާތް ސެޕްޓެމްބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ

އައްޑޫ ސިޓީގެ އަވަށް ތަކަށް އަމާޒުކޮށްގެން ބާއްވާ ‘ކްލަބް ލޮތާރި ސްޓްރީޓް"ގެ މި އަހަރުގެ ސޮކާ މުބާރާތް ސެޕްޓެމްބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ލޮތާރި ކްލަބުން ބުނެފައި ވަނީ، ނިމިގެންދިޔަ އަހަރުތަކެކޭ އެއްގޮތަށް "ގައުމު ސްޓްރީޓް"ގެ ނަމުގައި އެ ކްލަބުން ބާއްވަމުން އަންނަ ސްޓްރީކް ސޮކާ ކަޕް މި އަހަރުވެސް ކުރިއަށްގެންދާނެ ކަމަށާއި، މި އަހަރުގެ މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

މިއީ އެ ކްލަބް ރަޖިސްޓަރީ ކުރުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތްކަން ފާހަގަކޮށްލަން ޖެހެއެވެ. މިއާއެކު މި އަހަރުގެ މުބާރާތް ބާއްވަން ނިންމާފައި ވަނީ ‘ކްލަބް ލޮތާރި ސްޓްރީޓް 2021’ގެ ނަމުގައެވެ.

އައްޑޫ ސިޓީގެ އަވަށްތަކުގެ މެދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަން ނިންމާފައި ވަނީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ގަވާއިދު އެ ކްލަބްގެ ވެބްސައިޓް ލިބެން ހުންނާނެއެވެ.

މިއީ އައްޑޫގެ ޒުވާނުންގެ މެދުގައި ތަރުހީބު ލިބެމުން އަންނަ މުބާރާތެއް ކަމަށް ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top