Close

މަރަދޫ އިން ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މަރަދޫ އިން ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފައިވަނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އައްޑޫ އިން ޕޮޒިޓިވް 3 ކޭސް ފެނިފައިވާ ކަމަށާއި އެ ކޭސްތައް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދެ ޑައިރެކްޓް ކޮންޓެކްޓުންނާއި ރެންޑަމް ސާމްޕަލް އެކެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު މަރަދޫގައި ކޮވިޑްގެ 31 އެކްޓިވް ކޭސް އުޅޭއިރު ހިތަދޫގައި 23 އެކްޓިވް ކޭސް އަދި މަރަދޫފޭދޫގައި ހަތަރު އެކްޓިވް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 58 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 489 މީހުން ރަނގަޅުވެފައިވާއިރު، ކޮވިޑް ފެސިލިޓީގައި މިވަގުތު އަންނަނީ ދެ މީހަކަށް ފަރުވާ ދެމުންނެވެ. މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

އެޗްޕީއޭ އިން މިއަދު ވަނީ ދެ މަސް ދުވަހަށްފަހު އައްޑޫ ހުޅުވާލަން ހުއްދަ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top