އައްޑޫ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އައްޑޫގެ ރަށްތަކަށް ކަމަށްވާ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫ މޮނިޓަރިން ހާލަތުން ނަގާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 2 މަހަށްވުރެ ދުވަސް ފަހުން ނެވެ.
އައްޑޫ ސިޓީ މޮނިޓަރިން ހާލަތަށް ގެންގޮސްފައިވަނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާގުޅިގެން މިދިޔަ މެއި މަހު އެކެއްގަ އެވެ. އަދި އޭގެ ފަހުން ގުޅިފައިވާ އެހެން ރަށްތަކުން ވެސް ކޭސްތައް ފެނިގެން ދިޔުމާއި ގުޅިގެންނެވެ.
އައްޑޫ މޮނިޓަރިން ހާލަތުން ނެގިފަައިވީނަމަވެސް މި ވަގުތު އައްޑޫގައި އެކްޓީވް ކޭސްތައް ހުރީ 70 ގަ އެވެ. އަދި މި ބަލީގައި އައްޑޫ އިން ދެ މީހަކު ވަނީ ނިޔާވެފައެވެ .






