ގއ ކޮނޑޭގައި މުވައްސަސާތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ބާއްވަން ކޮނޑޭ ކައުންސިލުން ނިންމައިފި އެވެ.
ކޮނޑޭ ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އެރަށުގެ މުވައްސަސާތަކުގެ މެދުގައި ގުޅުން ބަދިކުރުމުގެ ގޮތުން ކުރުން ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު މިނޫހަށް ބުނީ މިހާތަނަށް 4 މުވައްސަސާއަކުން މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި ރަށު ތެރެއިން ޒުވާނުންގެ ޓީމަކަށް ފުރުސަތު ދޭން ނިންމައިފައިވާ ކަމަށެވެ.
އަދި މިހާތަނަށް މުބާރާތުގައި ބައިވެރިވުމަށް ނިންމާފައިވާ ޓީމްތަކަކީ ކޮނޑޭ ފެނަކަ ބްރާންޗް, ކޮނޑޭ ކައުންސިލް, ކޮނޑޭ ސްކޫލް އަދި ކޮނޑޭ މިޖިސްޓްރޭޓް ކޯޓުގެ ޓީމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު އެރަށު ފުޓްސަލް ދަނޑުގައި އެވެ.






