މާލޭގެ މިސްކިތްތަށް މަރާމާތު ކުރާނެ ފަންޑު ހުންނަން ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލުގައި ފައިސާ ނެތިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް އޭނާގެ ޓުވީޓުގައި ބުނެފައިވެއެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސްކިތް ފަންޑުގައި ފައިސާ ހުންނަންވާނެ ކަމަށެވެ.
“އަދި މިސްކިތްފަންޑު ވަޤުފު ބިލްޑިންގ ދާރުލްއީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތް ފަންޑަށް ލިބެންޖެހޭ ރުފިޔާ ކަން ވެސް ޝަހީމް ފާހަގަ ކުރެއްވިއެވެ.
މާލެސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް @MaleCitymv
ގައި ފައިސާނެތިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބޭތީ ދަންނަވަން. މިސްކިތް ފަންޑުގައި ލާރި ހުންނާނެ. އަދި މިސްކިތްފަންޑު ވަޤުފު ބިލްޑިނގ ދާރުލްއީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ލާރި. pic.twitter.com/T5r4QXPbkj— Mohamed Shaheem Ali Saeed (@Mohamedshaheem1) July 24, 2021
މިސްކިތްފަންޑުގެ ވަގުފު ބިލްޑިންގ ދާރުލްއީމާނުގެ ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާ ކަމަށާއި މި ފައިސާ އިން މިސްކިތްތަށް މަރާމާތު ކޮށް ބެލެހެއްޓުމަށް ބޭނުން ކުރުމަށް ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އަށް ވަނީ ގޮވާލާފައެވެ.







2 ކޮމެންޓް
ކޮބައިތޯ ޒަކާތު ފަންޑާއި އެހެނިހެން ދީނީ ފަންޑުތަށް. މިސްކިތްތަކަށާއި ﷲގެ ދީނަށް ނަޞްރުދިނުމަށް އެއިން ޚަރަދުނުކޮށް ދައުލަތުގެ އެހެނިހެން ކަންކަމަށް ޚަރަދުކުރުމީ ޚިޔާނާތަކަށް ނުވާނެތޯ!
ޢިސްލާމް ދީނާބެހެ ކަންތަކަން މިސަރުކާރަކު ފާސާއެތް ނުހުނނާނ އެއީމުހިމމުކަމެތނު