Close

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ސ. މަރަދޫ، މީނާޒް، މައުމޫން ނާޞިރު އަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ ވެއެވެ.

މީގެ އިތުރުން މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ މައުމޫން ނާޞިރު، އޯގަސްޓް 10 ވަނަ ދުވަހުގެ 11:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top