ފުވައްމުލަކުން ކޮވިޑް ބަލީގައި މީހަކު ނިޔާވެއްޖެ އެވެ.
ފުވައްމުލައް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެންދުނުގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ގެނެވުނު 94 އަހަރުގެ ފިރެހެނަކު ކޮވިޑް ބަލީގައި ނިޔާވެފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ނެނެވުނު އިރުވެސް ނިޔާވެފައިވާ ކަަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިއީ މަރާއި އެކު ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 222 އަށް އަރާފައެވެ.
މިއީ މި މަހުގެ ތެރޭގައި މި ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ. އަދި މިއީ އެ ބަލީގައި ފުވައްމުލަކުން ނިޔާވި ފުރަތަމަ މީހާއެވެ.






