ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުالله މައުސޫމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފި އެވެ.
މިނިސްޓަރ ޑރ މައުސޫމް ހުވަދު އަތޮޅަށް ވަޑައިގަތީ ގއ ކޫއްޑޫ މަގުން މިއަދު ހެނދުނު 9:10 ހާ އިރު އެވެ. މައުސޫމްއަށް ކޫއްޑޫއިން މަރުހަބާ ދެންނެވީ ގދ އަތޮޅުގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އާއި ގއ އަތޮޅު ރައީސް އިބްރާހިމް ޝަހީން އާއި ފުވައްމުލަކު ސިޓީ މޭޔަރު އަދި ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީގު އެވެ.
ޓުއަރިޒަމް މިނިސްޓަރުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގަތުމަށްވަނީ ނިންމާފައި އެވެ. 4 ދުވަހުގެ މިދަތުރުފުޅުގައި ހުވަދު އަތޮޅުގެ ހުރިހާ ރިސޯޓްތަކަށާއި ބައެއް ރަށްތަކަށް ދަތުރުކޮށް އެރަށްތަކުގެ ކައުންސިލްތަކާއި ރިސޯޓްތަކުގެ މެނޭޖްމެންޓާއި ބައްދަލުކުރުމަށް ވަނީ ނިންމާފައި އެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރުމެވެ.







1 ކޮމެންޓް
ހާދަހާ ތަނެއް ދޮރެއް ކަލޭމެން ނުދަނޭ ދޯ! ހުވަދު އަތޮޅަކީ އެހެން ޤައުމެއްތޯ؟ ޤައުމުގެ ވެރިޔަކު ރަސްމީ ނުރަސްމީ ދަތުރު ގައި ގޮސް އުޅޭނީ ޤައުމުން ބޭރަށެވެ.