ޖަރުމަނުގައި 8600 މީހުންނަށް ވެކްސިންގެ ބަދަލުގައި ސެލިން ސޮލިއުޝަން ޖެހުމުން ދައުވާކޮށްފި އެވެ.
ފްރައިސްލޭންޑްގެ ރެޑް ކްރޮސްގައި މަސައްކަތްކުރާ މި ނަރުސްގެ މައްޗަށް ދައުވާކޮށްފައިވަނީ ހާމްލެސް ލޮނު އެކުލެވޭ ސެލިން ސޮލިއުޝަނެއް މީހުންގެ ގަޔަށް އިންޖެކްޓްކޮށްފައިވާ މައްސަލައެވެ.
މިކަމާއި ގުޅިގެން ޖައުމަނުވިލާތުގެ ކަމާއި ބެހޭ ފަރާތްތަކުން މިވަނީ އަލުން ވެކްސިން ޖެހުމަށް އެފަރާތްތަކަށް އަންގާފައެވެ. މާރޗް އަދި އޭޕްރިލް މަހު ވެކްސިން ޖަހައިފައިވާ މީހުންގެ ތެރޭގައި މި ނަރުސް ވެކްސިން ދިން މީހުން ހިމެނޭއިރު، މިއީ އުމުރުން ދުވަސްވީ މީހުންކަންވެސް ފާހަގަކޮށް މިއީ ހައިރިސްކްގެ މީހުންކަމަށް ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
ޖަރުމަނުވިލާތުގެ މީޑިއާތައް ބުނާގޮތުންނަމަ ތުހުމަތު ކުރެވޭ މި ނަރުސް މީހާ ސޯޝަލް މީޑިއާގައި ވެކްސިންއާއި ބެހޭ ގޮތުން އެކިއެކި ވާހަކަތައް ދައްކާފައިވާކަމަށް ޕޮލިސް އިންވެސްޓިގެޝަންއިން ހާމަކޮށްފައިވެއެވެ.
ތަހުގީގުތައް ދައްކާ ގޮތުން ނަމަ މާރޗް އަދި އޭޕްރިލްގައި ގިނަ އަދަދަކަށް މި ސެލިން ވެކްސިންގެ ބަދަލުގައި ބޭނުންކޮށްފައިވާކަމަށް ދައްކައެވެ. އަދި ޕޮސިޓިވް ވަމުން އަންނަ މީހުންގެ ތެރޭގައި މި ސެލިން ވެކްސިން ޖަހާފައިވާ މީހުން ހިމެނޭކަމަށާއި ނަމަވެސް އެމީހުން ހަށިގަނޑު މިހާރު ހަދާ ޓެސްޓްތަކުން އެއީ ކޮވިޑް ވެކްސިންގެ ބަދަކުގައި ސެލިން ޑޯޒް ޖެހި މީހުންކަން އެންގުން ދަތިކަމަށްވެސް ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.






