Close

ޓުއަރިޒަމް މިނިސްޓަރ ކޮލަމާފުއްޓަށް ވަޑައިގެންފި

ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ހުވަދު އަތޮޅު ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ގއ. ކޮލަމާފުށްޓަށް މިއަދު ވަޑައިގެންފި އެވެ.

މިނިސްޓަރ ކޮލަމާފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކޮލަމާފުށީގެ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓަރާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުުރުން ފަތުރުވެރިކަމާއި، ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރިސޯޓެއްގެ ގޮތުގާ ތަރައްގީ ކުރަން މަސައްކަތްފެށި ހުއްޓިފައިވާ މާރެންދޫގެ މައްސަލައާއި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކޮށް، ބިނާކުރުމުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތްކޮށް ދެއްވާނެކަމުގައި ވިދާޅުވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮލަމާފުށީ ކައިރީގައި ބޮޑެތި ފަޅުރަށްތަކާއި ފަޅުތައް އެބަހުރި ކަމަށާއި، ކައުންސިލުން އެދޭ ފަޅުރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ހުޅުވާލާނެ ކަމަށެވެ. އަދި ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާއި ޚިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދިއުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top