ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކަށް މިއަދު ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އައްޑޫ ސިޓީގެ މޭޔަރގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީ އަދި ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓުއަރިޒަމް ދާއިރާ އާއި ގުޅޭ އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ވަނީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ފުވައްމުލަކަށް ކުރެއްވި މިދަތުރުފުޅުގައި މިނިސްޓަރ ވަނީ އެރަށުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކުގެ ހިންގުންތެރިންނާވެސް ބައްދަލުކުރައްވާފައެވެ.






