Close

އައްޑޫ ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

"ފަތަން ދަސްކުރަމާ 2021 " ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފެތުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުމުގެ އިތުރުން މޫދަށް އެރި އުޅުމުގެ ތެރޭގައި ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް އަމަލު ކުރާނެ ގޮތުގެ މައުލޫމާތާއި ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޫދަށް އެރި އުޅޭއިރު އަނެކުންނާއި ތިމާގެ ސަލާމަތަށް ސަމާލުވާން ޖެހޭނެ ކަންކަމުގެ މައުލޫމާތު ކުދިންނަށް ދިނުމަށްވެސް ތާވަލު ކުރެވިފައިވެއެވެ.

9 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ޙާއްސަ ކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމްގައި، އައްޑޫ ސިޓީ މަރަދޫއާއި ފޭދު ހިމެނޭހެން ޖުމްލަ 68 ކުދިން ބައިވެރިވެފައިވެއެވެ.

ފަތަން ދަސްކޮށްދިނުމަށް ސެޓިފައިޑް އިންސްޓްރަކްޓަރުން ހަމަޖައްސާފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ މި އޮގަސްޓު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top