މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫ، މީނާޒް، ޢުމުރުން 43 އަހަރުގެ މަޢުމޫން ނާޞިރެވެ.
މި ގޮތުން ފުލުހުން ވަނީ މަޢުމޫން ނާޞިރާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރަށް (9790048) ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.






